ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރާ ބިލު މަޖިލީހުން ބަލައިގަނެފި

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ދަށަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ބަދަލުކުރާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ. ޖެންޑާ މިނިސްޓްރީގެ ދަށ...

19 Aug 2019 | 09:47

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ދަށަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ބަދަލުކުރާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.

ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރުމުގެ އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނެވެ. އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހާރޫނު މި އިސްލާހު މަޖިލީހަށް ހުށަހެޅުމުން، 65 މެމްބަރުންގެ އަގުލަބިއްޔަތުން އެ އިސްލާހު ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ.

އެންސްޕާ މިހާރު ހިންގަމުން ދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ. އެންސްޕާގެ ސިއްހަތާ ބެހޭ ކަންކަމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައި ވަނީ ވެސް ހެލްތް މިނިސްޓްރީ އާއެވެ.

ހާރޫނު ވިދާޅުވިގޮތުގައި، އެންސްޕާގެ އިޖްތިމާއީ ކަންކަމާ ބެހޭ މަސްއޫލިއްޔަތުތައް މިހާރުވެސް ޖެންޑާ މިނިސްޓްރީން އުފުލަމުންދާއިރު، އެންސްޕާ އެކީ ހިންގުމަށް އެ މިނިސްޓްރީ އާއި ހަވާލުކުރަންޖެހޭ ކަމުގައެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މި އިސްލާހުގެ ބިލް ތަސްދީގްކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް