ލޯބިވެރިޔާ އާއި ޒުވާބުކުރަމުން ދިޔަ މީހަކު މެލޭޝިޔާގެ މަގުމަތީ ކުއްލިއަކަށް ވެއްޓި މަރުވެއްޖެއެވެ.
މެލޭޝިޔާގެ ސަރަވަކް އަވަށުގައި ހިނގި މި ހާދިސާ ހިނގާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ބޭރުގެ ޚަބަރުތައް ބުނާގޮތުގައި، މަރުވީ 35 އަހަރުގެ ޔަންގް ފެ ކުންގް ނަމަކަށް ކިއުނު މީހެކެވެ. އޭނާގެ 27 އަހަރުގެ ލޯބިވެރިޔާ އާއި ޒުވާބުކުރަން ފެށީ ސަރަވަކް ސިޓީގެ ސިބޫ ސެންޓްރަލް މާކެޓް ކައިރިންނެވެ.
އެހިސާބުން ދެމީހުން ޒުވާބުކުރަމުން ގޮސް ވަރުބަލި ވުމުން މަގުމަތީ ހުރި ސިޑި ބަރިއެއް މަތީ ޔަންގް އިށީނުން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އިރުކޮޅަކު އިނުމަށްފަހު، ޒުވާބު ކުރުމުގެ ތެރޭގައި ދޫވެފައި އޮތް ފައިވާން ކިބަ ނެގުމަށް ޔަންގްގެ ލޯބިވެރިޔާ ގޮސްފައި އައި އިރު ޔަންގް އޮތީ ސިޑިބަރި މައްޗަށް ވެއްޓިފައެވެ. ފުލުހުން އައިސް ބެލިބެލުމުން އޭނާ އޮތީ މަރުވެފައިކަން އެނގުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީ އެވަގުތު މަންޒަރު ދުށް ބައެކެވެ. ފުލުހުން ބުނާގޮތުގައި ލަފާކުރެވެނީ އެ ފިރިހެން މީހާ މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނަމަވެސް އަސްލު ޔަންގަށް ވީ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.
ޔަންގް މަރުވެގެން ވެއްޓުނީ އެރޭ 9:00 ހާއިރުއެވެ. މަންޒަރު ދުށް މީހުން ބުނީ، އެރޭ 8:00 ގައި ވެސް އެމީހުން ތިބީ މަގުމަތީގައި ޒުވާބު ކުރާން ކަމުގައެވެ. ގިނަ މީހުން ބުނާގޮތުން، ޔަންގް މަރުވީ މާ ބޮޑަށް ރުޅި ގަދަވެގެން ގޮސް ހިތްހުއްޓުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް