ވަޒީފާއިން ވަކިކުރަމުން އެދަނީ ތަރައްގީގައި ބުރަކޮށް އުޅުނު މުވައްޒަފުން - ޑރ.މުއިއްޒު

މި ސަރުކާރުން ވަޒީފާއިން ވަކިކުރަމުން އެ ގެންދަނީ، ރައީސް ޔާމީންގެ ސަރުކާރުގައި، ތަރައްގީގެ މަސައްކަތްތަކުގައި ބުރަކޮށް އުޅުއްވި މުވައްޒަފުން ކަމަށް، ކުރީގެ ހައުސިންގ މިނިސްޓަރ، ޑރ.މުހައްމަދު މުއިއްޒު...

19 Aug 2019 | 07:04

މި ސަރުކާރުން ވަޒީފާއިން ވަކިކުރަމުން އެ ގެންދަނީ، ރައީސް ޔާމީންގެ ސަރުކާރުގައި، ތަރައްގީގެ މަސައްކަތްތަކުގައި ބުރަކޮށް އުޅުއްވި މުވައްޒަފުން ކަމަށް، ކުރީގެ ހައުސިންގ މިނިސްޓަރ، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއިން ވަކިކޮށް ނިކަމެތިކޮށްލަމުން ދަނީ ރައީސް ޔާމީނުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއްގައި، ހާއްސަކޮށް މަގު ހެދުމުގެ މަޝްރޫއު ތަކުގައި ބުރަކޮށް ނުހަނު ހީވާގި ކަމާއި އެކު ހިދުމަތްތަކެއް ކުރި މުވައްޒަފުންނާއި އެމުވައްޒަފުންގެ އާއިލާތައް ކަމަށެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދާއެކުއެވެ. އެހެންނަމަވެސް މި ސަރުކާރު އައި ފަހުން މިހާތަނަށް 100 އަަށްވުރެ ގިނަ މީހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި އޭގެ އިތުރުން ގިނަ ބަޔަކަށް މިހާރުވެސް ގެންދަނީ ސިޔާސީ މަގާމުތައް ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް