ގެއްލިގެން ހޯދާ ފަތުރުވެރިޔާ އަދިވެސް ނުފެނޭ

ކ. ކަނޑޫމާތިލަ އަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުވެރިޔާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި، އެމްއ...

19 Aug 2019 | 06:18

ކ. ކަނޑޫމާތިލަ އަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުވެރިޔާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑް ގެ ޑައިވަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައިނުވާކަމަށް ވެސް އެމްއެންޑީއެފުން ފާހަގަކުރިއެވެ.

41 އަހަރުގެ މި އަންހެން މީހާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެކެވެ. އަދި ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އެ އަންހެން މީހާ އަޅައިގެންހުރި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި އަންހެން މީހާ ގެއްލިގެން ހޯދަން ފަށާފައި ވަނީ އިއްޔެ މެންދުރު 13:09 ހާއިރު އެވެ.

OCA M7 S ނަމަކަށް ކިއުނު ސަފާރީއެއްގައި މި އަންހެން މީހާ ޑައިވްކުރަން ފޭބީ 22 ގެސްޓުން ހިމެނޭ ގުރޫޕެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް