އާދައިގެ ކޮންމެ ގޭބީސީއެއްގައި ފަސްޓްއެއިޑް ބޮކްސް އެއް ހުރެއެވެ. ހަމަ އެއުސޫލުން ކޮންމެ ގެއެއްގައި އަތްމަތީ ޓޫލްސްކިޓެއް އޮންނަންޖެހެއެވެ. ފާރަކަށް މޮހޮރެއް ޖަހާލަން، އަލަމާރި ދޮރުފަތް ދޫވާކޮންމެ ފަހަރަކު، ވަޑާންކުރާމީހަކަށް ނުވަތަ މަސައްކަތް ކުރާމީހަކަށް ގުޅައިގެން ގެނައުމަކީ އުނދަގޫކަމެކެވެ. އެހެންކަމުން ގޭގައި އާންމުކޮން ބޭނުންކުރާ އާލާތްތައް އަތުޖެހޭ ހިސާބުގައި ހުރުމަކީ މުހިންމު ކަމެކެވެ.
މިގޮތައް ބޭނުންކުރާނެ ސާމާނު ކިޓް ހަމަކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަގުބޮޑުވުމުވެ. އަގުހެޔޮ އެއްޗެއް ގަނެފިނަމަ ދެފަހަރު ބޭނުންކުރާއިރަށް ހަލާކުވުމެވެ. މިކަމާ މިހާރު ހާސްވާކަށް ނުޖެހެވެ. ވަޑާން ގެޔެއްގައި ތަކެތި ހުރިވަރަށް ގޭގައި ވަޑާންސާމާނު ނުވަތަ ކަރަންޓް ސާމާނު އެއްކޮށްލުމަކީ އުނދަގޫކަމެއްނޫނެވެ.
މިކަމުގައި އެހީތެރިވުމަށް ބެސްޓް ބަޑީ އިންވަނީ އޮސްޓްރޭލިއާ، މެލޭޝިއާ، ދުބާއީ އަދި ޑެންމާކުގެ އިތުރުން ދުނިޔޭގެ 80 ގައުމެއްގައި ބޭނުންކުރާ ވަޑާންސާމާނާއި އެކިކަހަލަ ޓޫލްސްތައް ވަރަށް ހެޔޮއަގެއްގައި ރާއްޖެ އެތެރެކޮށް ވިއްކަން ފަށާފައެވެ. ޗައިނާގެ ޒިންޖިޔާން ޕްރޮވިންސްގެ ކުންފުންޏެއްކަމަށްވާ ޔަންގްކަންގ ޕަވަރޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓްގެ ކޯޕަރޭޝަން ލިމިޓަޑުން އުފައްދާ އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ބެސްޓް ބަޑީއެވެ.
އެމްޕީޓީ ( މޯސްޓް ޕްރޮފެޝަނަލް ޓޫލްސް ) އަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދަމުން އަންނަ ކޮލިޓީ ރަނގަޅު މަޝްހޫރު ބްރޭންޑެކެވެ. މި ކުންފުނިން އުފައްދައި ޓޫލްސްތަކުގެ ތެރޭގައި ތެދުއިވަޑާމާއި ކިއްސަރުވަޑާމުގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ޓޫލްސްތަކުގެ އިތުރުން ޕަވަރ ޓޫލްސް، ބެންޗް ޓޫލްސް، އެއަރ ޓޫލްސް، އިންވާޓަރ ވެލްޑިންގް މެޝިންސް އަދި ހޭންޑް ޓޫލްސް އަދި ތަފާތު ގިނަ ވައްތަރުގެ ޓޫލްސްތައް ހިމެނެއެވެ.
ބެސްޓް ބަޑީއަކީ ބެޓެރީ ވެހިކަލް ވިޔަފާރީގައި ރާއްޖޭގައި މަޝްހޫރުބައެކެވެ. ބެސްޓްބަޑީއިން ބުނީ، އެމްޕީޓީގެ ޕްރޮޑަކްޓްތައް ހޯލްސޭލްކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި މި ޕްރޮޑަކްޓް މާލެއިން ލިބެން ހުންނާނީ ބެސްޓްބަޑީ 2 އަދި ކުޅުދުއްފުށިން ލިބެން ހުންނާނީ ބެސްޓް ސާރކަލް އިންކަމަށެވެ. އާދައިގެ ގޭބީސީއަކުން ފެށިގެން ވަޑާންގެއަކަށް ނުވަތަ ވަޑާން ގުރޫޕަކަށް ބޭނުންވާނެ ހުރިހާ އާލަތްތަކެއް އެއްތަނަކުން ހޯދުމަށް ބެސްޓް ބަޑީ އަށް އަވަހަށް ގުޅާލާށެވެ. 9963915 އަށް ގުޅާލުމުން މި ޕްރޮޑަކްޓާއިގުޅޭ އިތުމައުލޫމާތު ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް