ޕޯސްޓް މެދުވެރިކޮށް ބޭހުގެ ބާވަތްތައް ގެނެސް ވިއްކުމަކީ މަނާކަމެއް: ހެލްތް މިނިސްޓްރީ

ޕޯސްޓް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ. ހެލްތް މިނިސްޓްރީން އިއްޔެ ނެރުނ...

19 Aug 2019 | 05:13

ޕޯސްޓް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ބޭހާއި ބެހޭ ގަވާއިދަށް ގެނަ އިސްލާހުގެ ދަށުން އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރަންވާނީ، ޞައްޙަ ބޭސް ސިޓީއެއް އޮވެގެން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، އޮންލައިންކޮށާއި، ޕޯސްޓްގެ ޒަރީއާއިން ބޭހުގެ ބާވަތްތައް ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކަމުން ދާކަން ފާހަގަކުރެވޭ ކަމުގައެވެ. އެފަދަ ގޮތްގޮތަށް ގެންނަ ބޭސްތަކަކީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައި ނުވާ ބޭހެއް ކަމަށް ފާހަގަކޮށް އެ މިނިސްޓްރީން ބުނީ، ބައެއް ބޭހުގައި އެކުލެވިގެންވާ ހުރިހާ މާއްދާތައް  ލޭބަލްގައި ހިމަނާފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ބޭހުގައި އެކުލެވިގެންވާ މާއްދާތައް ކިޔަންއެންގޭނޭހެން ލޭބަލްތަކުގައި ނުހުންނަ ކަންވެސް ފާހަގަ ކުރެވޭ ކަމުގައެވެ.

އެހެންކަމުން، ގަވާއިދާ ހިލާފަށް މިފަދަ ގޮތްގޮތަށް ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކާއި ދޭތެރޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް