ފިލިޕީންސްގެ، ދަ ފިލިޕީންސް އޯވަރސީސް އެމްޕްލޯއިމެންޓް އޮތޯރިޓީ (ޕީއޯއީއޭ) އިން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އާއިލާގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ބްލެކްލިސްޓްކޮށް އެކަން އާންމުކޮށް އިއުލާނުކޮށްފިއެވެ.
ފިލިޕީންސްގެ ނޫހެއް ކަމުގައިވާ ދަ މެނީލާ ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުގައި ވަޒީފާގެ ފުރުސަތު ފަހިކޮށްދޭ ބައިނަލްއަޤްވާމީ 23 ކުންފުންޏެއް އެ އެތޯރިޓީން ވަނީ ބްލެކްލިސްޓް ކޮށްފައެވެ. އެ ކުންފުނިތައް ބްލެކްލިސްޓް ކުރީ އެހެން ޤައުމުތަކުގައި ވަޒީފާ އަދާކުރުމަށް ދާ ފިލިޕީންސް ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ބުނެފައިވެއެއެވެ.
އެ ފިޔަވަޅު އަޅާފައިވަނީ "ރެކްރޫޓްމެންޓް" އުސޫލުތަކާއި ހިލާފުވެފައިވާ ކުންފުނިތަކާއިމެދުގައި ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން އެ ގައުމަށް ނިސްބަތްވާ 18 ކުންފުންޏެއްވެސް ބްލެކް ލިސްޓް ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.
ބައިނަލްއަޤްވާމީ ޖުމުލަ 23 ކުންފުންޏެއް ބްލެކް ލިސްޓު ކޮށްފައިވާއިރު އެ ލިސްޓްގައި ހިމެނޭ، ރާއްޖެއަށް ނިސްބަތްވާ ހަމަ އެކަނި ކުންފުންޏަކީ ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް