ލެކްސްޓަން ގްރޫޕަށް އެންމެ ފަހުން ޒިމްބާބްވޭ އިންވެސް ނޫނެކޭ ބުނި

ރިޔާސީ އިންތިޚާބު ގާތްވެފައިވާއިރު ލެކްސްޓަން ގްރޫޕް ނަމަކަށްކިޔާ ބަޔަކު ރާއްޖެގެނެސް ވޯޓު އޮޅުވާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން...

19 Aug 2018 | 07:56

ރިޔާސީ އިންތިޚާބު ގާތްވެފައިވާއިރު ލެކްސްޓަން ގްރޫޕް ނަމަކަށްކިޔާ ބަޔަކު ރާއްޖެގެނެސް ވޯޓު އޮޅުވާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުންނާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން(ޑީއެންއާރު) އިން އެކަން ދޮގު ކުރެއެވެ.

އެހެންނަމަވެސް ލެކްސްޓަން ގްރޫޕް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަކަން ޑީއެންއާރުން މިވަނީ ކަށަވަރުކޮށްދީފައެވެ.

މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޑީއެންއާރުގެ ޑިރެކްޓަރު ފާތުމަތު ފަރީދާ ވިދާޅުވެފައިވަނީ އިލެކްޓްރޯނިކް ވޯޓިންގައި ބޭނުންކުރާ ސިސްޓަމްތަކެއްގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދޭން ރާއްޖެ އައި ބޭރުގެ ލެކްސްޓަން ގްރޫޕުން، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އަށް ދިޔައީ އެތަނުގައި މަސައްކަތް ކުރާ ގޮތް ބަލާލަން ކަމަށެވެ.

ލެކްސްޓަން ގްރޫޕަކީ ދެކުނު ދެކުނު އެފްރިކާގެ ފާމެކެވެ. އެމީހުންގެ މައި އޮފީސް ހިންގަމުން އަންނަނީ ޗައިނާގައެވެ. އެކި ގައުމުތަކުގައި ބާއްވާ ރިޔާސީ އިންތިހާބުތަކުގައި އެމީހުން އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.

އެގޮތުން ޒިމްބާބްވޭގެ ރިޔާސީ އިންތިހާބަށް މިއަހަރު އެހީ ފޯރުކޮށްދޭންވެސް މަސައްކަތްކުރިއެވެ. ނަމަވެސް ޒިމްބާބްވޭގެ އިލެކްޝަންސް ކޮމިޝަން (ޒެކް) އިން ވަނީ އެ ފާމްގެ ބަދަލުގައި އެކަމަށް އެހެން ފާމެއް ހިޔާރުކޮށްފައެވެ. މި އަހަރުގެ ކުރީކޮޅު ޒެކުން ހިޔާރުކުރީ އިޕްސިޑީ ނަމަކަށް ކިޔާ ފާމެކެވެ. މިއީ މުގާބޭގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.

ޒެކުން ޓެންޑަރ ކުރީ އިލެކްޝަންގެ ވޯޓާސް ލިސްޓުގައި އުޅޭ މައްސަލަތައް ހައްލުކޮށްދޭނެ ފާމެއް ހޯދުމަށެވެ. އެ ޓެންޑާ އިޕްސިޑީ ނަމަކަށްކިޔާ ފާމަކަށް ދިނުމުން ލެކްސްޓަން އިން ވަނީ އެ މައްސަލަ ޒިމްބާބްވޭގެ ވެރިރަށް ހަރާރޭގެ އެޑްމިނިސްޓްރޭޓިވް ކޯޓަށްވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް ކޯޓުން ނިންމީ ޒެކާއި އެއްކޮޅަށެވެ.

ލެކްސްޓަން އިން ބުނާގޮތުގައި ވޯޓާސް ލިސްޓްގައި ހުންނަ މައްސަތައް އެންމެ ރަނގަޅަށް ދެނެގަނެވޭނެ އެއް ކުންފުންޏަކީ އެ ކުންފުންޏެވެ. އެ މައްސަލައިގާ ލެކްސްޓަން އިން އިޕްސިޑީ ފާމާއި ދެކޮޅަށްވެސް ދައުވާކޮށްފައިވެއެވެ. އިޕްސިޑީ ފާމަކީ އެމެރިކާއަށް ނިސްބަތްވާ ފާމެކެވެ.

ޒިމްބާބްވޭގެ ކުރީގެ އިންތިހާބުތަކުގައި ލެކްސްޓަން ގްރޫޕުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް