ވޯޓުން ބަލިވެއްޖެނަމަ ޖެހޭނީ ފައިބަން ކަމަށާއި ވެރިކަމުގަ ބައްދައިގެން ނުހުރެވޭނެކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އެމްޕީ އަމީތު މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.
އަމީތު ވިދާޅުވެފައިވަނީ 23 ސެޕްޓެމްބަރު 2018ގައި ކެނޑިޑޭޓް ނަމްބަރު 2 ގައި ހެޔޮ ފާހަގަޖެއްސެވީމާ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތްކުރެވޭނެކަމަށެވެ.
ރިޔާސީ އިންތިހާބައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ތަރުތީބުކޮށްފައިވާއިރު ރައީސް ޔާމީނަށް ލިބިލެއްވީ ކެނޑިޑޭޓް ނަމްބަރު 1 އެވެ. އިދިކޮޅު ކެނޑިޑޭޓް އިބޫއަށް ލިބިލެއްވީ ކެނޑިޑޭޓް ނަމްބަރު 2 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް