އީޔޫގެ ބެކިންއާއެކު ވެރިކަމަށް އަންނަ ބަޔަކަށް، އެއްޖިންސުން ގުޅުން ހިންގުން ބަލައިގަތުމަށް ޕްރެޝަރު ކުރާނެ ކަމުގައި ޝެއިޚް ޝަފީއު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޝެއިޚް މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ލިޔުއްވާފައިވާ ސްޓެޓަސްއެއްގައެވެ.
އެ ސްޓެޓަސްގައި ޝެއިޚް ވިދާޅުވެފައިވަނީ އީޔޫގެ ބެކިންއާއެކު ވެރިކަމަށް ކޮންމެ ބަޔަކު އަޔަސް އެއީ ނުރައްކަލެއް ކަމަށާއި އެހެނީ އެމީހުންގެ ބެކިންއާ އެކު އަންނަ ބަޔަކަށް، އެމީހުން އިމްޕޯޒް ކުރަން އަންގާ ވެލިއުސް ތައް އިމްޕޯޒް ކުރަން ޕްރެޝަރު ކުރާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ.
"އަދި އެފަދަ ބަޔަކަށް އެ ޕްރެޝަރަށް ކެތް ކުރެވޭނީ ކިހާވަރަކަށްބާއޭ ސުވާލު އުފެދޭ. އެމީހުންގެ ވެލިއުސްގެ ތެރޭގައި، ހުރިހާ ރައިޓްސް ދިނުން ހިމެނޭ. ދީނީ މިނިވަންކަމުގެ ރައިޓްސް އިން ފެށިގެން އެއް ޖިންސުން ގުޅުންހިންގާ މީހުން މުޖްތަމައުން ބަލައިގަތުން ހިމެނޭ. މީ ވިސްނާލަންޖެހޭ ނުކުތާއެއް." ޝެއިޚްގެ ސްޓެޓަސްގައި ލިޔުއްވާފައިވެއެވެ.
ޝެއިޚް އިތުރަށް ވިދާޅުވެފައިވަނީ ފަރުޢީ ކުދި ކުދި ކަންކަމަށްވުރެ، އުސޫލީ ބޮޑު ކަންކަމަށް އިސްކަން ދޭންޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް