ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަންއެއް ތިލަފުށީގައި ހުޅުވައިފި އެވެ.
ބުރާސްފަތި ދުވަހު ތިލަފުށީގައި ހުޅުވި ފިއުލް ސްޓޭޝަނުން އެއްގަމާއި ކަނޑު އުޅަނދުފަހަރަށް ޑީސަލްއާއި ޕެޓްރޯލް އަޅައިދިނުމުގެ ހިދްމަތް ލިބޭނެ ކަމަށް އެފްއެސްއެމްއިން ވަނީ ބުނެފައެވެ.
ކުރިންވެސް ތިލަފުށީގައި ބައެއް އުޅަނދުތަކަށް ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމުގެ ޙިދުމަތް އެފްއެސްއެމްއިން ދީފައިވެއެވެ.
އެފްއެސްއެމްއިން ބުނީ، އަލަށް ހުޅުވި ފިއުލް ސްޓޭޝަނާއެކު ޙިދުމަތް އިތުރަށް ފުޅާވެ، ސައިކަލާއި، ޕިކަޕާއި، ކާރުވެސް ހިމެނޭ ގޮތަށް ހުރިހާ ބާވަތެއްގެ އުޅަނދަކަށްވެސް މިހާރު ފިއުލް ފޯރުކޮށްދެވޭނެކަމަށެވެ.
އެފްއެސްއެމްގެ ތިލަފުށީ ފިއުލް ސްޓޭޝަން ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 9:00 އަށެވެ. އަދި ހުކުރު ދުވަހުގެ ހަވީރު 03:00 އިން ރޭގަނޑު 9:00 އަށް ޙިދުމަތް ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް