ވަޑާން ކުރާ ސާމާނުތަކެއް ވަގަށް ނަގައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

ވަޑާން ކުރަން ގެންގުޅޭ ސާމާނުތަކެއް ވަގަށް ނަގައިގެން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ އަމަލުތައް ހުރިގޮތުން ހު...

19 Jul 2019 | 12:31

ވަޑާން ކުރަން ގެންގުޅޭ ސާމާނުތަކެއް ވަގަށް ނަގައިގެން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ އަމަލުތައް ހުރިގޮތުން ހުއްޓުވާ ބަލާ ފާސްކުރި އިރު، ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަޑާން ކުރަން ގެންގުޅޭ ސާމާނުތަކެއް އޭނާގެ އަތުން ފެނިފައިވާތީ ކަމަށެވެ.

މިއަދު މެންދުރު 01:40 ހާއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް