މިއަދަކީ އަނިޔާވެރިކަމުގެ ޝިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސްކަމުގައި ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ އޭނާގެ ދަރިކަލުން ސިޔާދު ގާސިމް މިއަދު ކޯޓުން މިނިވަން ކުރުމުން އެކަމާއި ގުޅުވައި ކުރެއްވި ޓްވީޓެއްގައި އެވެ.
"އިންޝާ ﷲ މިއަދަކީ އަނިޔާވެރިކަމުގެ ޝިހުރުގެ ގޮށްތައް މޮހެންފެށުނު ދުވަސް" ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
https://twitter.com/qasimibrahim/status/1019946302321364992
އެ ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ އިބްރާހިމް ސިޔާދު ގާސިމަށް ޖަލުގެ އަނިޔާވެރިކަމުން މިންޖުވެގެންދިއުމަކީ އަޅުގަނޑުމެނަށށް ލިބުނު އުފަލެއް ކަމަށެވެ.
"ހައްގުގެ މަގަށްއެޅުނު ފިޔަވަޅެއް، ﷲ ސުބްހާނަހޫ ވަތަޢާލާ މިފަދައިން ތިއްބެވި ހުރިހާ ބޭފުޅުން ސަލާމަތް ކޮށްދެއްވާށި" ގާސިމްގެ ޓްވީޓްގައި ވެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ސިޔާދު ގާސިމް މިނިވަންކޮށްފައިވަނީ ތިން ޝަރުތަކާއިއެކުގައި އެވެ. އެއީ މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި މޯބައިލް ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމަށާއި އަދި ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް