ސިޔާދު ގާސިމް މިނިވަންވުމަކީ ރައްޔިތުންނަށް ލިބުނު އުންމީދެއްކަމުގައި ގާސިމް އިބްރާހިމްގެ ހަނގު އަނބިކަނބަލުން އައިޝަތު ނަހުލާ ހާމަކޮށްފި އެވެ.
ނަހުލާ މިހެން ބުނެފައިވަނީ ސިޔާދު މިނިވަންވުމުން މާތް ﷲ އަށް ހަމްދުކުރައްވާ ކުރެއްވި ޓްވީޓެއްގައި އެވެ.
"މިނިވަންވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް، އާއިލާއަށް ލިބުނު ނުހަނު ބޮޑު އުފަލެއް، އަދި ރައްޔިތުންނަށް ލިބުނު އިތުރު އުންމީދެއް" އައިޝާގެ ޓްވީޓްގައި ވެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ސިޔާދު ދޫކޮށްލީ ތިން ސަރުތަކާއިއެކުގައި އެވެ. އެއީ މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމާއި ފޯނު ނަމްބަރު ބަދަލުކުރާނަމަ ކޯޓަށް އެންގުމާއި އަދި ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް