އީޔޫން ރައީސް ޔާމީނަށް ފިޔަވަޅު އަޅައިފިކަމަށް ދެންނެވުނީ ގޯހަކުން: ނަޝީދު

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރައީސް ޔާމީނަށް ފިޔަވަޅު އަޅައިފިކަމަށް ދެންނެވުނީ ގޯހަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ދެންމެ ކުރެއްވި ޓްވ...

19 Jul 2018 | 09:57

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރައީސް ޔާމީނަށް ފިޔަވަޅު އަޅައިފިކަމަށް ދެންނެވުނީ ގޯހަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައިވަނީ އީޔޫ އިން ރައީސް ޔާމީނަށް ފިޔަވަޅު އަޅައިފިކަމަށް ދެންނެވުނީ ގޯހުން ކަމަށެވެ.

https://twitter.com/MohamedNasheed/status/1019877869487456257

"ކަންކަން އިސްލާހު ނުވަނީ ނަމަ ރައީސް ޔާމީނަށް، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން، ބައެއް ވަޒީރުން، އެމްއެންޑީއެފްގެ އިސްވެރިން، މަޖިލިސް ރައީސް، އީސީ ރައީސް ބައެއް ވިޔަފާރިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އީޔޫއިން އަޅަންޖެހޭނެ ކަމަށް އަޅުގަނޑު އަނެއްކާވެސް ތަކުރާރުކުރަން" ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

ނަމަވެސް ނަޝީދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އީޔޫއިން ރައީސް ޔާމީނަށް ފިޔަވަޅު އަޅާފައިވާކަމަށެވެ.

ހެނދުނު ކުރެއްވި ޓްވީޓްގައި ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީން، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން، ބައެއް ވަޒީރުން، އެމްއެންޑީއެފްގެ އިސްވެރިން، މަޖިލިސް ރައީސް، އީސީ ރައީސްގެ އިތުރުން ބައެއް ވިޔަފާރިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އީޔޫއިން އަޅައިފި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް