ކެނެރީގޭ ނަޝީދަށް ދައުލަތުން ހަރުކަށި ފިޔަވަޅު އަޅަން އެބަޖެހޭ: ނިހާން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ހަރުކަށި ފިޔަވަޅު އަޅަން އެބަޖެހޭކަމަށް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ. ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ...

19 Jul 2018 | 09:42

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ހަރުކަށި ފިޔަވަޅު އަޅަން އެބަޖެހޭކަމަށް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި ނިހާން ވިދާޅުވެފައިވަނީ ކެނެރީގޭ ނަޝީދާއި އޭނާގެ ބައިވެރިން ދިވެހި ދައުލަތަށް ގެއްލުންދީ، ގައުމުގެ އިގްތިސާދު ސުންނާފަތިކުރަން ކުރަމުންދާ މަސައްކަތް ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބަލައި، އެފަދަ ފަރާތްތަކަށް، ދިވެހި ދައުލަތުން ހަރުކަށި ފިޔަވަޅު އަޅަން އެބަ ޖެހޭ ކަމަށެވެ.

ނިހާން މި ބީދައިން ޓްވީޓް ކުރައްވާފައިވާއިރު ރައީސް ނަޝީދުވެސް މިއަދު ޓްވީޓެއް ކުރައްވާފައި ވެ އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީން، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން، ބައެއް ވަޒީރުން، އެމްއެންޑީއެފްގެ އިސްވެރިން، މަޖިލިސް ރައީސް، އީސީ ރައީސްގެ އިތުރުން ބައެއް ވިޔަފާރިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އީޔޫއިން އަޅާފައިވާކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ އެންމެ ބޭފުޅުން ރައީސް ޔާމީން އާއި ދުރަށް ވަޑައިގަނެ ރާއްޖެއަށް ރަނގަޅުގޮތަށް އަމަލު ކުރެއްވުމެވެ" ރައީސް ނަޝީދުގެ ޓްވީޓްގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް