ސެޕްޓެމްބަރ 23 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް މަހުލޫފު ގޮވާލައްވައިފި

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފައިވާ ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބ...

19 Jul 2018 | 05:49

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފައިވާ ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަޚުލޫފް ގޮވާލައްވައިފިއެވެ.

މަޚުލޫފް ވަނީ މިކަމަށް އެއްބާރު ލުންދިނުމަށް އިލެކްޝަން ކޮމިޝަނަށާއި ސަރުކާރު ހިންގާ ޕީޕީއެމް އަށްވެސް ގޮވާލައްވާފައެވެ.

މިކަމަށް ގޮވާލާ މަހުލޫފް ކުރެއްވި ޓްވީޓްގައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލީ ދުވަހާއި ޖެހިގެން އައި ދުވަސް ބަންދުކޮށްފައިވަނީ ވޯޓު ގުނުމުގެ ކަންކަމުގައި ސަރުކާރު މުވައްޒަފުން އުޅޭކަމަށް ބުނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އާދީއްތަ ދުވަހު ބާއްވާތީ މީގެކުރިންވެސް އިދިކޮޅު ފަރާތްތަކުން ވަނީ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން އަންނަނީ މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް