މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ ކ އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިސަރަހައްދަށް މިއަދު ފަތިހު 5:15 އިން މެންދުރު 11:00ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ އެސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އެގޮތުން ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް އެއިދާއިރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސް އިރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ސަލާމަތީ ހިދުމަތްތަކުން އިލުތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް