ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ އަދަދު 100 އަށް އަރާ ރިސޯޓްތަކުގެ ތެރެއިން ، ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން އެއްބަސްވާ ރިސޯޓްތަކުގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައެވެ.
މީގެކުރިން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހި ސްޓާފުންގެ އަދަދު 250 އަރާ ނަމަ އެރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެގޮތުން ވޯޓު ފޮށި ބަހައްޓާނެ ތަންތަން އިލެކްޝަން ކޮމިޝަނުން އާންމުކުރިއިރު ރިސޯޓްތަކުގެ ތެރެއިން މިއަހަރުގެ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ހަތް ރިސޯޓެއްގައެވެ.
އެއާއެކު އިދިކޮޅު ޕާޓީތަކުގެ ފާޑުކިޔުންތައް އިލެކްޝަން ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ވަނީ މިކަންބޮޑުވުން ކޮމިޝަނާ ހިއްސާވެސް ކޮށްފައެވެ. ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާތީ ވެރިކަންކުރާ ޕީޕީއެމް އިންވެސް ވަނީ އެނިންމުން ބަދަލުކުރުމަށް އިލެކްޝަން ކޮމިޝަނަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް