ގާސިމް އިބްރާހިމް އަށް ފުރައްސާރަކުރަން ބަޔަކު ދަނީ ރާވަމުން: އިލްހާމް އަހްމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަޔަކު ފުރައްސާރަކުރަން ރާވަމުން އަންނަ ކަމުގައި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ. އިލްހާމް މިހެން ވިދާޅުވެފައިވަނީ ގާސިމްގެ...

19 Jun 2020 | 13:21

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަޔަކު ފުރައްސާރަކުރަން ރާވަމުން އަންނަ ކަމުގައި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވެފައިވަނީ ގާސިމްގެ ފޮޓޯއަކާއެކު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އިލްހާމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް އާއި ދިމާކޮށް ފުރައްސާރަ ކުރުމަށް ބަޔަކު ދަނީ ރާވަމުން ކަމަށާއި މި ނާތަހުޒީބު އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

ނަމަވެސް މި އަމަލު ހިންގަން ރާވަމުން އަންނަނީ ކޮންބައެއްކަން އިލްހާމްގެ ޓްވީޓްގައި ވިދާޅުވެފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރަށް ބަޔަކު ފުރައްސާރަކުރަން ރާވަމުން އަންނަ ކަމުގައި އިލްހާމް ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އޭނާގެ އަނބިކަނބަލުންނަށް މަގުމަތިން ފުރައްސާރަކުރި ކަމަށްބުނެ މައްސަލައެއް މިފަހުން ހޫނުވެގެން ދިޔައެވެ. އެ މައްސަލަ ޑރ. ވަހީދު ފުލުހުންގެ އިދާރާއަށްވެސް ހުށަހެޅިއެވެ. ނަމަވެސް މިހާރު އެ މައްސަލަ ވަނީ އަނބުރާ ނަގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް