އެފްރިކާގައި ހަތަރު އަހަރުގެ ކުއްޖެއްގެ ކުޑަ ގޮހޮރުން ދިރޭ ފަނިތަކެއް ނަގައިފި

އެފްރިކާ  ބައްރުގެ ޤައުމެއްކަމުގައިވާ ކެމެރޫންގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ކުޑަ ގޮހޮރުގެ ތެރެއިން ދިރޭ ފަނިތަކެއް ނަގައިފިއެވެ. އެފްރިކާގެ ނޫހެއް ކަމަށްވާ ފޮކްސް ނޫހުގައި އެ ކުއްޖާގެ ވަނަވ...

19 Jun 2019 | 11:19

އެފްރިކާ  ބައްރުގެ ޤައުމެއްކަމުގައިވާ ކެމެރޫންގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ކުޑަ ގޮހޮރުގެ ތެރެއިން ދިރޭ ފަނިތަކެއް ނަގައިފިއެވެ.

އެފްރިކާގެ ނޫހެއް ކަމަށްވާ ފޮކްސް ނޫހުގައި އެ ކުއްޖާގެ ވަނަވަރު ހާމަނުކޮށް ލިޔެފައިވާ ގޮތުގައި، އެ ކުއްޖާ ހޮސްޕިޓަލްއަށް ގެންދިޔައީ ތިން ދުވަސް ވަންދެން ތަދު ނުފިލާ ބަނޑުގައި ރިއްސާ ހޮޑުލެވޭތީއެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުންވަނީ އެމަޖެންސީކޮށް އެ ކުއްޖާގެ ޓެސްޓްތައް ހައްދައި ފަރުވާދޭން ފަށަފައެވެ. އެގޮތުން ހެއްދި ޓެސްޓްތަކުން އެ ކުއްޖާގެ ކުޑަ ގޮހޮރުގެ ތެރޭގައި ގިނަ އަދަދަކަށް ފަނިހުރިކަން ވަނީ އެނގިގެން ގޮސްފައެވެ.

އެ ހޮސްޕިޓަލްގެ މެޑިކަލް ޓީމުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު އެކުއްޖާގެ ހާލު ރަނގަޅެވެ.

އާންމު ގޮތެއްގައި ދުނިޔޭގެ 800 މިލިޔަނަށްވުރެ ގިނަ މީހުންނަށް މިފަދަ ހާލަތްތަކާއި ދިމާވެއެވެ. މިފަދަ ކޭސްތައް މެދުވެރިވަނީ ގޮހޮރުގެ ތެރޭގައި އިންފެކްޝަން އުފެދުމުގެ ސަބަބުންނެވެ. އެފަދައިން އިންފެކްޝަން އުފެދެން މެދުވެރިވަނީ ނިޔަފަތީގެ ތެރޭގައި ނަޖިސް ފަދަ ތަކެތި އުފެދި ރަނގަޅަށް ސާފުނުކުރެވި އަނގައަށް އަތް ލުމުގެ ސަބަބުންނެވެ.

ކައިގެންނާއި ފާހާނާ ކުރުމަށްފަހު ރަނގަޅަށް އަތް ދޮންނަން ޖެހެއެވެ. އޭރުން މިފަދަ ކަންތައް ދިމާވުމުން ދުރުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް