ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ކުޑަ ގޮހޮރުގެ ތެރެއިން ދިރޭ ފަނިތަކެއް ނަގައިފި

އެފްރިކާގެ ކެމްރޫންގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ކުޑަ ގޮހޮރުގެ ތެރެއިން ދިރޭ ފަނިތަކެއް ނަގައިފިއެވެ. އެފްރިކާގެ ނޫހެއް ކަމަށްވާ ފޮކްސް ނޫހުގައި އެ ކުއްޖާގެ ނަން ހާމަނުކޮށް ލިޔެފައިވާ ގޮތުގ...

19 Jun 2019 | 10:06

އެފްރިކާގެ ކެމްރޫންގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ކުޑަ ގޮހޮރުގެ ތެރެއިން ދިރޭ ފަނިތަކެއް ނަގައިފިއެވެ.

އެފްރިކާގެ ނޫހެއް ކަމަށްވާ ފޮކްސް ނޫހުގައި އެ ކުއްޖާގެ ނަން ހާމަނުކޮށް ލިޔެފައިވާ ގޮތުގައި، އެ ކުއްޖާ ހޮސްޕިޓަލްއަށް ގެންދިޔައީ ތިން ދުވަސް ވަންދެން ތަދު ނުފިލާ ބަނޑުގައި ރިއްސާ ހޮޑުލާތީއެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔުމުން ޑަކްޓަރުންވަނީ އެމަޖެންސީކޮށް އެ ކުއްޖާގެ ޓެސްޓްތައް ހައްދައި ފަރުވާދޭން ފަށަފައެވެ. އެގޮތުން ހެއްދި ޓެސްޓްތަކުން އެ ކުއްޖާގެ ކުޑަ ގޮހޮރުގެ ތެރޭގައި އެ ފަނިހުރިކަން ވަނީ އެނގިގެން ގޮއްސައެވެ.

އެ ހޮސްޕިޓަލްގެ މެޑިކަލް ޓީމްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު އެކުއްޖާގެ ހާލު ރަނގަޅެވެ.

އާންމު ގޮތެއްގައި ދުނިޔޭގެ 807 މިލިއަން މީހުންނަށް މިފަދަ ހާލަތްތަކާއި ދިމާވެއެވެ. މިފަދަ ކޭސްތައް މެދުވެރިވަނީ ގޮހޮރުގެ ތެރޭގައި އިންފެކްޝަން އުފެދުމުގެ ސަބަބުންނެވެ. އެފަދައިން އިންފެކްޝަން އުފެދެން މެދުވެރިވަނީ ނިޔަފަތީގެ ތެރޭގައި ހަޑި އުފެދި ރަނގަޅަށް ސާފުނުކުރެވި އަނގަައަށް އަތް ލުމުގެ ސަބަބުންނެވެ.

ކައިގެންނާއި ފާހާނާ ކުރުމަށްފަހު ރަނގަޅަށް އަތް ދޮންނަން ޖެހެއެވެ. އޭރުން މިފަދަ ކަންތައް ދިމާވުމުން ދުރުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް