ބީލަމުގެ ޝަކުވާތައް ބަލާނެ ކޮމެޓީއެއް އެކުލަވާލައިފި

ބީލަމުގެ މައްސަލަތަކުގައި ޝަކުވާ ހުށަހަޅަން "ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީން ކޮމެޓީއެއް އެކުލަވާލައިފިއެވެ. މި ކޮމިޓީ އަކީ ޖުމްލަ 5 މެމްބަރުން ހިމެ...

19 Jun 2019 | 08:15

ބީލަމުގެ މައްސަލަތަކުގައި ޝަކުވާ ހުށަހަޅަން "ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީން ކޮމެޓީއެއް އެކުލަވާލައިފިއެވެ.

މި ކޮމިޓީ އަކީ ޖުމްލަ 5 މެމްބަރުން ހިމެނޭގޮތަށް އެކުލަވާލައިފައިވާ ކޮމެޓީ އެކެވެ. އެގޮތުން މި ކޮމެޓީގައި، ފިނޭންސް މިނިސްޓްރީގެ 3 މެމްބަރަކާއި އެޓާރނީ ޖެނެރަލް އޮފީހުގެ ފަރާތުން 2 މެމްބަރަކު ހިމެނެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ކޮމެޓީގެ މައިގަނޑު މަގްޞަދަގީ ބީލަމުގެ މަސައްކަތުގެ މަރުހަލާތައް ހަރުދަނާކުރެވުން ކަމުގައެވެ. އަދި ރައްޔިތުންގެ އިތުބާރު އެ މަސައްކަތަށް އަލުން އަނބުރާ ހޯދުމިގެ އިތުރުން، މި ކޮމެޓީގެ ސަބަބުން އެކަންތައްތައް ހާސިލުވެގެންދާނެ ކަމަށް އުންމީދު ކުރާކަމުގައެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އެ ކޮމެޓީން މައިގަނޑު ގޮތެއްގައި ކުރަންޖެހޭ ކަންކަމަކީ ބީލަންތަކުގެ އިދާރީ ކަންތައް ހިނގާދިޔަ ގޮތަކާއި މެދު ހުށަހެޅޭ ޝަކުވާއާކަށް އޮފީހުން ބަލައި ނިންމި ގޮތާއި މެދު ހިތްހަމަނުޖެހިއްޖެ ހާލަތެއްގައި އެ މައްސަލަ އަލުން ބަލަން ފިނޭންސްއަށް ހުށަހެޅިއްޖެނަމަ، އެ މައްސަލަ އެއް އަލުން ބެލުމެވެ. ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ސަރުކާރު ބަންދުނޫން 14 ދުވަހުގެ ތެރޭގައި ނިންމާ އެ މައްސަލައެއް ނިންމި ގޮތް މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންޖެހެއެވެ.

މިއީ ރާއްޖޭގައި މި ކޮމެޓީ އުފެއްދި ފުރަތަމަ ފަހަރު ނަމަވެސް، މާލިއްޔަތު ޤަވާއިދުގައި "ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީ" އޮންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް