ސިންގަލް ޔޫސް ޕްލާސްޓިކް އައްޑޫގައި މަނާކުރަނީ

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް އައްޑޫ ގައި މަނާކުރުމުގެ މަސައްކަތް އެ ސިޓީގެ ކައުންސިލުން ފަށައިފިއެވެ. މިކަން އިއުލާނުކޮށްފައި ވަނީ، މޫދަށް ޕްލާސްޓިކް ކުނި ނޭޅުމަށާއި ތިމާ...

19 Jun 2019 | 06:57

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް އައްޑޫ ގައި މަނާކުރުމުގެ މަސައްކަތް އެ ސިޓީގެ ކައުންސިލުން ފަށައިފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ، މޫދަށް ޕްލާސްޓިކް ކުނި ނޭޅުމަށާއި ތިމާވެއްޓަށް ހޭލުންތެރި ކުރުމުގެ މަގުސަދުގައި ބާއްވާ އެ އިވެންޓެއްކަމުގައިވާ، ރާޅުގުޑީގައި އައްޑޫ އިން ތުރާކުނަށް ޒުވާނުންތަކެއް ފަށާ ދަތުރު ފެށުމުގެ ރަސްމިއްޔާތުގައެވެ.

އެ ކައުންސިލުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަނާކުރުމާއި ގުޅޭގޮތުން ގަރާރެއްވެސް ވަނީ ފާސްކޮށްފައެވެ. އެ ގަރާރަށް އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން އިތުރަށް ބުނީ، ސިންގަލް ޔޫސް ޕްލާސްޓިކަކީ ތިމާވެއްޓަށް ގެއްލުން ހުރި އެއްޗެއް ކަމަށާއި، ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެކައުންސިލުން ފުރިހަމަ މަސައްކަތް ކުރާކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް