ކްރިތީ ސެނޮން ރާއްޖޭގައި

2014 ވަނަ އަހަރުން ފެށިގެން ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ތަރި، ކްރިތީ ސެނޮން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ނިޔާމަ ރިސޯޓްގައި ކްރިތީ ޗުއްޓީ ހޭދަކުރަމުން ދާއިރު، ކްރިތީ ދަނީ އޭނާގެ ސޯޝ...

19 Jun 2019 | 06:26

2014 ވަނަ އަހަރުން ފެށިގެން ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ތަރި، ކްރިތީ ސެނޮން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ނިޔާމަ ރިސޯޓްގައި ކްރިތީ ޗުއްޓީ ހޭދަކުރަމުން ދާއިރު، ކްރިތީ ދަނީ އޭނާގެ ސޯޝަލް މީޑިއާ ހެންޑްލްތަކުގައި ރިސޯޓުގެ ބައެއް މަންޒަރުތައް ހިއްސާކުރަމުންނެވެ. ކްރިތީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައި މިވަނީ ގާތް އެކުވެރިންނާއި އެކުއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ކްރިތީ ވަނީ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައެވެ.

ކްރިތީ އެންމެ ފުރަތަމަ ބޮލީވުޑުން ފެނިގެން ދިޔައީ 2014 ވަނަ އަހަރު ނިކުތް ފިލްމް "ހީރޯޕަންތީ" އިންނެވެ. އެފިލްމަށް ކްރިތީ އަށް ވަނީ ފިލްމްފެއަރ ބެސްޓް ފީމޭލް ޑެބިއުޓް ގެ އެވޯޑުވެސް ލިބިފައެވެ. އޭގެ ފަހުން ކާމިޔާބު ފިލްމު ތަކަކުން ކްރިތީ ވަނީ ފެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް