ބައިނަލްއަގުވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖެއަކީ މިނިވަން ގައުމަކަށް ހެދޭނީ އެންމެން އެކީ މަސައްކަތްކޮށްގެން: ރައީސް

ބައިނަލްއަޤްވާމީ ސިޔާސީ ހަލަބޮލިކަމުުގެ ތެރޭގައި ރާއްޖެއަކީ މިނިވަން ގައުމަކަށް ހެދޭނީ އެންމެން އެކީ މަސައްކަތްކޮށްގެން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ. ބޭރު ...

19 Jun 2019 | 06:22

ބައިނަލްއަޤްވާމީ ސިޔާސީ ހަލަބޮލިކަމުުގެ ތެރޭގައި ރާއްޖެއަކީ މިނިވަން ގައުމަކަށް ހެދޭނީ އެންމެން އެކީ މަސައްކަތްކޮށްގެން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ބޭރު ގައުމުތަކުގައި ތިބޭ ރާއްޖޭގެ ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަމުގައި ބޭރުގެ ގައުމުތަކާ އެކު ގުޅުން އުފައްދާ އިރު ރާއްޖޭގެ ގަދަރާއި ޝަރަފު ހިފެހެއްޓުން ވެސް މުހިއްމު ކަމަށެވެ.

''ދުނިޔޭގެ ކަންކޮޅުތަކުގައި ނަގާ ވަރުގަދަ ރާޅުތައް މިރާއްޖޭގެ ގޮނޑުދޮށްތަކަށް ވެސް ބިންދަމުން އާދޭ. ބައިނަލްއަގުވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މިރާއްޖެ އަށް އަމާންކަމާ އެކު ދަތުރުކުރެވޭނީ އަޅުގަނޑުމެން އެންމެން އެއް އަމާޒެއްގައި ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށްގެން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަށް އިންވެސްޓަރުންނާއި ޓޫރިސްޓުން އިތުރުކުރުމަށް އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރުން ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

"''މިހާރުގެ ހާލަތަށް ބަލާއިރު އިންވެސްޓަރުންނާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ކިޔައިދޭން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިއްޔެ ނިމުނު ޕާޓްނަޝިޕް ފޯރަމަކީ އެފަދަ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް