މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ފެށުނު އައިސީސީ ކްރިކްޓް ވޯލްޑްކަޕް ބަލަން ބިދޭސީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވަގުތީގޮތުން ސޯޝަލް ސެންޓަރުގައި ބޮޑު ސްކްރީނެއް ބަހައްޓައިފިއެވެ.
ބިދޭސީންތަކެއް ތޮއްޖެހިގެން މަގުމަތީގައި މެޗު ބަލަންތިބި ފޮޓޯއަކާއި އެކު އާންމު ރައްޔިތަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ، ބޮޑު ސްކްރީނެއް ބެހެއްޓުމަށް ބޭނުންވާ ޖާގައާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީ އާ މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ވަގުތީ ގޮތުން ބިދޭސީންނަށް މެޗު ބަލަން ފަސޭހަކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގައި މިވަގުތު ބޮޑު ސްކްރީނެއް ބެހެއްޓިފައި ހުންނާނެ ކަމުގައެވެ.
https://twitter.com/AhmedMahloof/status/1140988566807314432
ބިދޭސީންނަކީ ކްރިކެޓަށް މަރުދޭ ބަޔަކަށް ވާއިރު، ގިނަ އަދަދެއްގެ ބިދޭސީން މަގުމަތީ ތޮއްޖެހިފައި މެޗު ބަލަން ތިބޭކަން ފާހަގަކުރެވެއެވެ. ކެފޭތަކު ދޮރުމަތީ އާއި، ފިހާރަތަކުގެ ދޮރުތައް މަތީ، ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާހެން ގިނަ ބިދޭސީން މެޗު ބަލަން ތިބޭކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް