އެކަނިވެރި މައިންނަށް 7500ރ.، އުމުރުން ދުވަސްވީ މީހުންނަށް 10000ރ. ދޭން މަޖިލީހަށް ހުށަހަޅައިފި

އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތުގެ ފައިސާ 10،000ރ.އަށް ބޮޑުކޮށް އެކަނިވެރި މައިންނަށް ދެމުން އަންނަ ފައިސާ 7،500ރ. ބޮޑުކުރުމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދު...

19 Jun 2019 | 05:37

އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތުގެ ފައިސާ 10،000ރ.އަށް ބޮޑުކޮށް އެކަނިވެރި މައިންނަށް ދެމުން އަންނަ ފައިސާ 7،500ރ. ބޮޑުކުރުމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެކަނިވެރި މައިންނަށް މިހާރު ސަރުކާރުން ދެމުން އަންނަނީ 2000 ރުފިޔާއެވެ. އަދި އުމުރުން 65 އަހަރުން މަތީ މީހުންނަށް ދެމުން އަންނަނީ 5000ރ. އެވެ.

ޖާޞިރު ވިދާޅުވި ގޮތުގައި އެބޭފުޅާ މި މައްސަލަ ހުށަހެޅުއްވީ، އުމުރު ން ދުވަސްވީ މީހުންނަކީ ގަދަރުވެރިކަމާއި ފުދުންތެރިކަމާ އެކު މުޖުތަމައުގައި ދިރިއުޅޭ ބަޔަކަށް ހަދައި އެ މީހުންނަށް ހުރިހާ މާނައެއްގައިވެސް އުފާވެރި ކމުޖުތަމައެއް ބިނާކުރަން އެހީތެރިވެ ދިނުމަށް ބޭނުންވާތީއެވެ.

މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ބައެއް ދާއިރާތަކަށް ދެމުން އަންނަ ފައިސާގެ އެހީގެ މިންވަރު ބަދަލުކުރީ އާއިލާތައް ރޫޅި ކުދިންނާއި މައިންނަށް ލިބެމުން އަންނަ ދަތި އުނދަގޫ ކަންކަމުން އަރައިގަނެވި ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް