އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަސްރަތު ކުރައްވާ ވީޑިއޯއެއް އާންމު ކުރެއްވުމާއެކު އެ ވީޑިއޯ ވައިރަލް ވެއްޖެ އެވެ.
އެ ވީޑިއޯގައި ފެންނަނީ މޯދީ ކަސްރަތު ކުރައްވާ މަންޒަރާއި ޔޯގާގެ ބައެއް ޕޯސްތައް ކުރާ މަންޒަރެވެ.
މި ވީޑިއޯއާއި ބެހޭގޮތުން އުމުރުން 67 އަހަރުގެ މޯދީ ބުނެފައިވަނީ ޔޯގާ ކުރުމުގެ އިތުރުން ކަސްރަތަށް ހިނގުމަކީވެސް އޭނާ ކުރާ ކަމެކެވެ. މި ވީޑިއޯ އާންމު ކުރިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ދެ ލައްކައަށްވުރެ ގިނަ މީޙުން މި ވީޑިއޯ ބަލާފައި ވެ އެވެ. މިހާތަނަށް މި ވީޑިއޯ އެތައް މިލިޔަން ބަޔަކު ބަލާފައި ވެ އެވެ.
https://www.youtube.com/watch?v=B4c8HDwwZuQ
މި ވީޑިއޯ ގިނަ ބަޔަކު ޝެއަރ ކުރަމުން އަންނަނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް "ބެންޑް އިޓް ލައިކް މޯދީ" އޭ ބުނަމުންނެވެ. މި ވީޑިއޯ އިންޑިއާގެ ބައެއް ފިލްމީ ތަރިންނާއި މަޝްހޫރު ކްރިކެޓް ކުޅުންތެރިންވެސް ޝެއަރ ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް