ޝުޖާއުގެ ފުރަތަމަ ރިޔާސީ ވައުދު: އަސާސީ މުސާރައަކީ 10 ހާސް ކަމުގައި ހަދައިދޭނަން

ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ރައީސް ޝުޖާއު ހަސަން އޭނާގެ ފުރަތަމަ ވައުދު އާންމު ކުރައްވައިފި އެވެ. އެގޮތުން އާންމުކޮށްފައިވާ ފ...

19 Jun 2018 | 03:52

ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ރައީސް ޝުޖާއު ހަސަން އޭނާގެ ފުރަތަމަ ވައުދު އާންމު ކުރައްވައިފި އެވެ.

އެގޮތުން އާންމުކޮށްފައިވާ ފުރަތަމަ ސިޔާސަތަކީ އަސާސީ މުސާރަ، އަންއެމްޕްލޯއިމެންޓް އެލަވަންސް އަދި މަސައްކަތްތެރިންނަށް ވަގުތީ/އެމަޖެންސީ ހިޔާވަހިކަމުގެ ސިޔާސަތެވެ.

އެ ސިޔާސަތުގައި ބުނެފައިވަނީ ޒުވާނުން ވަޒީފާއަސް ދިއުމުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ "އަސާސީ މުސާރަ" ނުވަތަ މިނިމަމް ވޭޖް ކަނޑައެޅިފައި ނެތުން ކަމަށެވެ.

"ސްކިލްޑް ވަޒީފާގެ އަސާސީ މުސާރައަކަށް 10 ހާސް ރުފިޔާ ނޮން ސްކިލްޑް ވަޒީފާގެ އަސާސީ މުސާރައަކަށް ފަސް ހާސް ރުފިޔާ ލިބެންޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ." ޝުޖާއުގެ ސިޔާސަތުގައި ވެ އެވެ.

އެ ސިޔާސަތުގައި ބުނެފައިވަނީ ވަޒީފާ ހޯދުމަށް ހިނގާ ހަރަދުގެ ގޮތުގައި އަން އެމްޕްލޯއިމެންޓް އެލަވަންސްގެ ގޮތުގައި ތިން ހާހާއި ފަސް ހާހާއި ދެމެދުގެ އިނާޔަތެއް ލިބެންޖެހޭ ކަމުގައި އަޅުގަނޑު ގަބޫލު ކުރާ ކަމަށެވެ.

"މަސައްކަތުގެ މާހައުލުގައި ދިމާވާ ކުއްލި ޚާލަތަކާއި ދިމާވާ ކުއްލި ހާލަތަކާއި ގުޅިގެން ވަގުތީ ހިޔާވަހިކަމެއް ބޭނުންވާ ފަރާތްތަކަށްއެކަން ފުރިހަމަވެފައި އޮންނަން ޖެހެ އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެފަދަ މަރުކަޒުތައް ގާއިމް ކުރަންޖެހޭ ކަމަށް އަޅުގނޑު ދެކެމެވެ." ޝުޖާއުގެ ސިޔާސަތުގައި ވިދާޅުވެފައި ވެ އެވެ.

ޝުޖާއުގެ ސިޔާސަތުގައި ވިދާޅުވެފައިވަނީ ﷲގެ ވާގިފުޅާއެކު، ރައްޔިތުންގެ ތާއީދާއެކު، އަޅުގަނޑުގެ ޤިޔާދުގައި އުފެދޭ ސަރުޚާރުގައި އިސްވެ ދެންނެވުނު ކަންތައް ފުރިހަމަކޮށްދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް