ލީބިޔާ ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ބިންލާދިންގެ ކުރީގެ ޑްރައިވަރު އަބޫ ސުފިއާން ބިން ގުމޫ ހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ހައްދުފަހަނައަޅާފައިވާ ގްރޫޕެއް ކަމުގައިވާ ދާނާ ގްރޫޕްގެ އައްޑާ އަކުންނެވެ.
ލީބިޔާގެ ސިފައިން ހާމަކޮށްފައިވާގޮތުގައި ހަމަލާ ބަދަލު ކުރުމަށްފަހު ބިން ގުމޫ އަމާންދިނީ އެ އައްޑާގައި ތިބި މީހުން އަތުގައި ވަޒަން ހުސްވުމުންނެވެ.
އުމުރުން 59 އަހަރުގެ ބިން ގުމޫ އަކީ އަދިވެސް އަލްގައިދާ ޖަމާއަތުގެ އިސް ލީޑަރެކެވެ. އޭނާ މިހާރު ހަރަކާތްތެރިވަނީ ލީބިޔާގައި ހަނގުރާމަވެރި ޖަމާއަތްތައް ހިންގުމުގައި އެވެ.
އޭނާ ހައްޔަރު ކޮށްފައިވާއިރު އޭނާގެ ފަރާތުން އަލްގައިދާގެ އިތުރު ބޮޑުންތައް ތިބިތަންތަން އަދި އެމީހުންގެ ޕްލޭންތައް ދެނެގަނެވޭނެ ކަމުގައި ލީބިޔާ ސިފައިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް