ސްޓްރޯކެއް ޖެހުނު ފުލުހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ފުލުހެެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމުގައި ފުލުހުން ބުނެއެވެ.
ސްޓްރޯކެއް ޖެހިގެން މަރުވެފައިވަނީ ކޯޕްރަލް ސިމްރާހް އަލީ އެވެ.
ފުލުހުން ބުނެފައިވާގޮތުގައި އޭނާއަށް ސްޓްރޯކެއް ޖެހުނީ ގޭގައި ހުއްޓައެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނައީ މިދިޔަ ހޯމަ ދުވަހު ކަމަށްވެސް ފުލުހުން ބުނެއެވެ.
ސިމްރާހް ދިރިއުޅެނީ ކުޅުދުއްފުށީގައެވެ. މަރުވިއިރު އޭނާގެ އަންތްބެއް ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް