ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް އެމެރިކާއަށް ފުރާ ވަޑައިގެންފި

"ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވެވަޑައިގެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު މިއަދު މެންދުރުފަހު އެމެރިކާއަށް ފުރާ ވަޑައިގަންނަވައިފިއެވެ. ވ...

19 May 2019 | 11:29

"ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވެވަޑައިގެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު މިއަދު މެންދުރުފަހު އެމެރިކާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް އަލަވަދާޢު ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް އަބްދުއްލަޠީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

އިންޑިއަން ޕެސިފިކް އޯޝަންގެ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ މި "ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ހަވާއީގައެެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ސާޖަންޓް މޭޖަރ ހަސަން ފަޔާޒް ބައިވެރިވެވަޑައިގަނަވަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް