ނައިފަރު ކައުންސިލް މެންބަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޅ. ނައިފަރު ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުވުމުގައި ނައިފަރު ކައުންސިލުން ...

19 May 2019 | 10:41

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޅ. ނައިފަރު ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުވުމުގައި ނައިފަރު ކައުންސިލުން ވަނީ އެރަށަށް ދިމާވެފައިވާ ދަތިތަކާއި، ހައްލުކުރަން ބޭނުންވާ ކަންކަން ރައީސް ގެ އަރިހުން އެދިވަޑައިގެންފައެވެ.

މިގޮތުން ނައިފަރަށް ދިމާވެފައިވާ ފެނާއި، ނަރުދަމާގެ މަޝްރޫއު ކުރިއަށްދާލެއް ލަސްވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ރަށުގައި ޔޫތު ސެންޓަރެއް ގާއިމްކުރެވިފައި ނެތުމުގެ ސަބަބުން ދިމާވާ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ނައިފަރު ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ނައިފަރުގެ ގޯތިގެދޮރާއި ބިމުގެ ދަތިކަމާއި، ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް މެންބަރުން ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ނައިފަރު ސްކޫލަށް ކުރިމަތިވެފައިވާ ދަތިތަކާއި، ނައިފަރުގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުން ވަނީ ރައީސާއި ހިއްސާކުރައްވާފައެވެ.

ނައިފަރު ކައުންސިލުން ހިއްސާކުރެއްވި ކަންތައްތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، ނައިފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމާ ބެހޭގޮތުން ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް