އިކޮނޮމިކް މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް މައްޗަންގޮޅީ އެރިޒޯނާ މަރްޔަމް ނާޡިމާ ޢައްޔަނު ކުރައްވައިފިއެވެ. މަރްޔަމް ނާޡިމާ އަކީ މީ...

19 May 2019 | 10:19

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް މައްޗަންގޮޅީ އެރިޒޯނާ މަރްޔަމް ނާޡިމާ ޢައްޔަނު ކުރައްވައިފިއެވެ.

މަރްޔަމް ނާޡިމާ އަކީ މީގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަންކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނާޡިމާ ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމު ވެސް ހިމެނެއެވެ.

މަރްޔަމް ނާޡިމާ ވަނީ އިންޑިޔާގެ ނިއު ދިއްލީއިން މާސްޓަރސް އިން ހިއުމަން ރިސޯސަސް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ހާސިލު ކުރައްވައި، އޮސްޓްރޭލިއާއިން ބެޗެލަރ އޮފް ކޮމަރސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ހާސިލްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް