މައްސަލަތައް އަަވަސްކުރުމާމެދު މިނިސްޓަރު ޝިދާތާ ފުލުހުންނާ މަޝްވަރާކޮއްފި

ޖެންޑަރ މިނިސްޓްރީއާއި ގުޅުންހުރި މައްސަލަތައް އަވަސްކޮށް ނިންމުމުގެ ގޮތުން މިނިސްޓަރ ޝިދާތާ ޝަރީފް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ މަޝްވަރާކުރައްވައިފި އެވެ. ޖެންޑާ މިނިސްޓްރީއާ ގުޅުން ހުރި މައ...

19 May 2019 | 09:16

ޖެންޑަރ މިނިސްޓްރީއާއި ގުޅުންހުރި މައްސަލަތައް އަވަސްކޮށް ނިންމުމުގެ ގޮތުން މިނިސްޓަރ ޝިދާތާ ޝަރީފް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ މަޝްވަރާކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީއާ ގުޅުން ހުރި މައްސަލަތައް އަވަސް ކުރުމާ ގުޅިގެން މަޝްވަރާ ކުރުމަށް މި ބައްދަލަވުން ބާއްވާފައިވަނީ މިއަދު ހެނދުނެވެ.  އަދި މި ބައްދަލުވުމުގައި އެ މިނިސްޓްރީއާއި ހައްސާސީ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ކޮއްފައިވާ ޓްވީޓެއްގައި ވަނީ ބުނެފައެވެ.

އަދި ޖެންޑަރ މިނިސްޓްރީ އިން ވިދާޅުވީ ދެ ފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާއި ފުލުހަށް ހުށަހަޅާ މައްސަލަ ތަކުގެ ޖެންޑާއާއި ގުޅުން ހުރި ކޮންމެ މައްސަލައެއް ދެ ފަރާތުން ގުޅިގެން ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮއްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް