މާމިގިލި އެއާޕޯޓަށް އެރަށުން ބިމެއްދޭން ކައުންސިލުން ނިންމައިިފި

އދ. މާމިގިލި އެއާޕޯޓަށް އެ ރަށުން ބިމެއްދޭން ކައުންސިލުން ނިންމައިފި އެވެ. އެއާޕޯޓް ފެންސާ އިންވެގެން އޮންނަ 34،228 އަކަފޫޓުގެ ބިމެއް ވިލާ އެއާޕޯޓަށް ދޭން ކައުންސިލުން ފާސް ކޮއްފައިވާ ކަމަށް މާމިގިލި ...

19 May 2019 | 09:02

އދ. މާމިގިލި އެއާޕޯޓަށް އެ ރަށުން ބިމެއްދޭން ކައުންސިލުން ނިންމައިފި އެވެ.

އެއާޕޯޓް ފެންސާ އިންވެގެން އޮންނަ 34،228 އަކަފޫޓުގެ ބިމެއް ވިލާ އެއާޕޯޓަށް ދޭން ކައުންސިލުން ފާސް ކޮއްފައިވާ ކަމަށް މާމިގިލި ކައުންސިލުން މިއަދު ބުންޏެވެ.

އަދި އެ ނިންމުން މިހާރު ވަނީ ޕްލޭނިން މިނިސްޓްރީގެ ލަފަޔަކަށް އދި ފޮނުވާފައި ކަމަށާއި މިނިސްޓްރީއިން އާނބަސް ލިބުނުހާ އަވަހަކަށް އެއާޕޯޓަށް ބިން ދޭނެ ކަމަށް ކައުންސިލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެއިތުރުން ވިލާ ކުންފުނިން، އެއާޕޯޓަށް ބޭނުންވާ އިތުރު ބިން ހޯދުމަށް އެދުމުން، ކައުންސިލުން ބުދަ ދުވަހު ނިންމި ނިންމުމާ އެއްގޮތަށް ވިލާ އެއާޕޯޓަށް މާމިގިލިން ބިންދޭނީ އެއާޕޯޓު ހިންގުމަށް ސަރުކާރުން ހުއްދަ ދީފައިވާ މުއްދަތަށް ކަމަށާއި އެއީ 99 އަހަރަށް ކަމަށް މާމިގިލި ކައުންސިލުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް