މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކ.މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ވ...

19 May 2019 | 08:55

ކ.މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރު ކުރީ އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށްދާ މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މީހާ ބަލާ ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވެއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި 34 އަހަރުގެ އަންހެން މީހާގެ ބަންދަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މިމައްސަލަ ކ. މާފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް