ކަރަންޓު ކީހެއް ވަގަނަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައި ވަނީ މިއަދި 10:15 ހާއިރު އަމީނީމަގުގައި ހުންނަ މީރާގެ އޮފީސް ކައިރިން ކަމަށެވެ. މި މީހާ އަތުލައިގަތީ ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް، ގޯންޏެއް ހިފައިގެން ދަނިކޮށެވެ. ފުލުހުން ބަލައި ފާސްކުރިއިރު ގޯނީގައި އޮތީ މަކިޓާ ބްރޭންޑްގެ ކަރަންޓު ކީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ފުލުހުން ކުރި ތަހުގީގުން ހާމަވާ ގޮތުގައި އެ ކަރަންޓު ކީހަކީ މަންޗަންގޯޅި ގެއަކުން ވަގަށް ނަގައިގެން ވިއްކާލަން ގެންދިޔަ ކީހެއް ކަމަށެވެ.
މި މައްސަލާގައި 45 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް