ބައިސްކޯފުން މަދަހަ އަލްބަމެއް އިފްތިތާހު ކޮއްފި

ބައިސްކޯފުން ރަމަޟާން މަހާ ދިމާކޮށް މަދަހަ އަލްބަމެއް ނެރެފިއެވެ. މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ސްޓްރީމު ކުރެވޭ ޕްލެޓްފޯމު، ބައިސްކޯފުން ތަ...

19 May 2019 | 08:01

ބައިސްކޯފުން ރަމަޟާން މަހާ ދިމާކޮށް މަދަހަ އަލްބަމެއް ނެރެފިއެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ސްޓްރީމު ކުރެވޭ ޕްލެޓްފޯމު، ބައިސްކޯފުން ތައްޔާރު ކޮއްފައިވާ "އާލަމް" މަދަހަ އަލްބަމް ވަނީ އިފްތިތާހު ކޮއްފައެވެ.

މި މަދަހަ އަލްބަމް އުފައްދާފައިވަނީ އީސާ ޝަރީފް އާއި ގުޅިގެންނެވެ. އާލަމް ނަމަކަށް ކިޔާ މި އަލްބަމްގައި އަށް މަދަހަ ހިމެނެއެވެ. ބައިސްކޯފުން ބުނީ "އާލަމް" މަދަހަ އަލްބަމް މިއަދުން ފެށިގެން އެ ޕްލެޓްފޯމުން އަޑުއެހޭނެ ކަމަށެވެ.

މި މަަދަހަ އަލްބަމްގެ މަދަހަތަކު ޅެން ހަދާފައިވަނީ އީސާ ޝަރީފްގެ އިތުރުން އާދަމް ނަސީރު އަދި އިއްޒަ އަހުމަދު ނިޒާރެވެ. މި އަލްބަމުގައި މަދަހަތައް ކިޔާދީފައިވަނީ ރާފިޔަތު ރަމީޒާ، މުމްތާޒު، ފާތުމަތު ރައޫފް، އަޝްފާ، ސައިނާގެ އިތުރުން ހާމިދު ނިޝާން އަދި ކުޑަ ކުއްޖެކެވެ.

މި އަލްބަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އީސާ ޝަރީފް ބުނެފައިވަނީ މި އަލްބަމަކީ 10 ދުވަސްތެރޭ ނިންމާލި އަލްބަމެއް ކަމަށެވެ. އަދި މި މަދަހަތަކުގެ ޅެންތައް ފާހަގަ ކުރެވޭ ކަމަށާއި އެހުންތެރިންނަށް ކަމުދާނެ ޅެންތައް މި އަލްބަމުގައި ހުންނާނެ ކަމަށް ރާފިޔަތު ރަމީޒާވެސް ބުންޏެވެ.

ބައިސްކޯފު އެޕް ބޭނުންކުރާ 50،000 އަށްވުރެ ގިނަ މީހުން ތިބިއިރު، އާލަމް އަލްބަމުގެ އިތުރުން 100 އަށް ވުރެ ގިނަ މަދަހަ ބައިސްކޯފުން އަޑުއަހާލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް