މުދަލުގެ ހައްގު މިންވަރު ހޯދަން ކޯޓަށްދާ އަންހެނުންނަށް ދިޔާނާ ހިލޭ ވަކާލާތު ކޮށްދޭނެ ކަމަށް ބުނެފި

ކައިވެނިކޮށްގެން އުޅެ އެކުގައި ހޯދި މުދާ، ވަރިވުމަށްފަހު އަންހެންމީހާއަށް ނުލިބޭ މައްސަލަތަކުގައި ކޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮއްދެއްވާނެ ކަމަށް ދިޔާނާ ސައީދު ވިދާޅ...

19 May 2019 | 07:18

ކައިވެނިކޮށްގެން އުޅެ އެކުގައި ހޯދި މުދާ، ވަރިވުމަށްފަހު އަންހެންމީހާއަށް ނުލިބޭ މައްސަލަތަކުގައި ކޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮއްދެއްވާނެ ކަމަށް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ދެމީހުންގެ މަސައްކަތުން މުދާ ހޯދި ނަމަވެސް، ވަރިވުމަށްފަހު ހައްގު މިންވަރު މަސައްކަތް ކުރުމުގެ ބަދަލުގައި އަންހެން މީހާ ދަނީ ހުސްއަތާ ކަމަށެވެ. އަދި އެފަދަ އަންހެނުންގެ ހައްގުތައް ހޯދައދިނުމަށް ކޯޓުތަކުގައި ހިލޭ ވަކާލާތު ކޮއްދޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ކައިވެނިކޮށްގެން އުޅޭއިރު ހޯދާ މުދަލަކީ ދެމީހުންގެ މުދަލެއްކަމުން ވަރިވި ނަމަވެސް އެ މުދާ ދެމީހުންގެ މެދުގައި ބަހަން ޖެހޭނެ ކަމަށް ދިޔާނާ ވަނީ ބުނެފައެވެ.

https://twitter.com/dhiyanasaid/status/1129986554020024320

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް