އާނޯލްޑްގެ ބުރަކައްޓަށް ޒުވާނަކު ކިކެއް ޖަހައިފި

ހޮލީވުޑް މަޝްހޫރު ތަރި އާނޯލްޑް ސްވަޒެނެގާގެ ބުރަކަށްޓަށް ޒުވާނަކު "ފްލައިން ކިކެއް" ޖަހައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޖޮހަނަސްބާގްގައި އޮތް ކުޅިވަރު ފެސްޓިވަލެއްގެ ތެރެއިންނެވެ. އެ ފެސްޓިވަލަކީ ދ...

19 May 2019 | 07:09

ހޮލީވުޑް މަޝްހޫރު ތަރި އާނޯލްޑް ސްވަޒެނެގާގެ ބުރަކަށްޓަށް ޒުވާނަކު "ފްލައިން ކިކެއް" ޖަހައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޖޮހަނަސްބާގްގައި އޮތް ކުޅިވަރު ފެސްޓިވަލެއްގެ ތެރެއިންނެވެ. އެ ފެސްޓިވަލަކީ ދެކުނު އެފްރިކާގައި އާނޯލްޑް ހޯސްޓް ކުރަމުންދިޔަ ފެސްޓިވަލެކެވެ.

މި ހަމަލާގެ ވީޑިއޯއެއް އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާނަކު ފުންމައިގެންގޮސް އާނޯލްޑްގެ ބުރަކައްޓަށް ކިކެއް ޖަހަނީ އާނޯލްޑް ފޯނާއި ކުޅެން ހުއްޓައެވެ.

އެ ހަމަލާއާއި މެދު އާނޯލްޑް ފަހުން ބުނެފައިވަނީ އޭނާ ހީކުރީ ކްރައުޑްގެ ތެރެއިން މީހަކު ފަހަތުން އައިސް ކޮށްޕާލީ ކަމަށާއި ކިކެއް ޖެހިކަން އެނގުނީ ފަހުން ވީޑިއޯ ފެނުމުން ކަމަށެވެ.

https://twitter.com/Schwarzenegger/status/1129805366513025028

އެ ޒުވާނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އާނޯލްޑް ބުނެފައިވަނީ އެ ޒުވާނާއާ ދެކޮޅަށް ދައުވާ ކުރަން ބޭނުން ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް