ކޮޅުވެއްޓިއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ލ. މާވަށުގައި އަޅާފައި އޮތް ކޮޅުވެއްޓިއެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ 59 އަހަރުގެ މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.
އަދި އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓި ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ބ. އޭދަފުށީ ގުލިސްތާނުގޭ އަހްމަދު ނަސީމު އެވެ. އަދި އަހްމަދު ނަސީމު ނިޔާވިކަން އެނގުނީ ރޭ ފަތިހު 3:00 ހާއިރު ހާރުކާން ގޮވުމުން ހޭ ނުލައިގެން ގޮސް ބެލުމުން ކަމަށްވެއެވެ.
އޭދަފުށީ ގުލިސްތާނުގޭ އަހްމަދު ނަސީމް އަކީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ލޭންޑިން ކްރާފްގެ ކެޕްޓަން ކަން ކުރަމުން އައި މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް