ޝަހީ ކައިވެނި ހަފްލާ މިއަދު އޮންނަ ގަޑި އެނގޭތަ؟

ދުނިޔޭގެ އެތައް ބަޔަކު އިންތިޒާރު ކުރި އިނިގރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑް ބަތަލާ މޭގަން މާކްލްގެ ކައިވެނި ހަފްލާ މިއަދު އޮންނާނެ އެވެ. މި ކައިވެނި ހަފްލާއަށް މުޅި އިނގިރޭސިވިލާތް ތައްޔާރުވެ...

19 May 2018 | 02:25

ދުނިޔޭގެ އެތައް ބަޔަކު އިންތިޒާރު ކުރި އިނިގރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑް ބަތަލާ މޭގަން މާކްލްގެ ކައިވެނި ހަފްލާ މިއަދު އޮންނާނެ އެވެ.

މި ކައިވެނި ހަފްލާއަށް މުޅި އިނގިރޭސިވިލާތް ތައްޔާރުވެފައި ވާއިރު މި ހަފްލާ ދުނިޔޭގެ ބޮޑެތި ހުރިހާ ޓީވީ ޗެނަލްތަކުން ވަގުތުން ދައްކާނެ އެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ވިންސާ ކާސަލްގައި އެވެ.

ކައިވެނީގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ނުވަތަ އިރުއޮއްސޭ ފަހުންނެވެ. އެކަމަކު މަޝްހޫރު ޓީވީޗެނަލް ތަކުން މެންދުރު 1:00 ން ފެށިގެން ޝަހީ ކައިވެނި ހަފްލާގެ ލައިވް ކަވަރޭޖު ފަށާނެ  އެވެ.

އެކަމަކު ކައިވެނި ހަފްލާއަށް ފަހު މެހުމާނުންނަށް ހާއްސަޮކޮށްގެން ބާއްވާ ރަސްމިއްޔާތު ޓީވީ ޗެނަލްތަކުން ނުދައްކާނެ އެވެ. ޕްރިންސް ހެރީ އާއި މޭގަމް ކައިވެނިކުރުމަށް ފަހު ދާނީ އިނގިރޭސި ޝާހީ އާދަ ކާދައިގެ މަތިން އާންމުންނަށް ފެނިލުމަށް ސިޓި ސެންޓަރު ސަރަހައްދަށް އަސްގާޑިއަލުގައި އެވެ. މެހުމާނުންނަށް ހާއްސަކޮށްގެން ބާއްވާ ހަފްލާ އޮންނާނީ އޭގެ ފަހުންނެވެ.

ރިޕޯޓުތަށް ބުނާގޮތުގައި މޭގަންގެ ބައްޕަގެ ސިއްހީ ހާލަތު ހުރި ގޮތުން މި ކައިވެނި ހަފްލާގައި ބައިވެރިނުވާނެ އެވެ. އެހެންވެ މޭގަންގެ ފަރާތުން ބައްޕަގެ ރޯލު އަދާ ކުރަންޖެހޭ ތަންތަނުގައި މި ހަފްލާގައި ފެނިގެންދާނީ ޕްރިންސް ހެރީގެ ބައްޕަ ޕްރިންޗް ޗާލްސްއެވެ. އޭނާ ކިބައިން ހަފްލާގައި ބައްޕަގެ ދައުރު އަދާކޮށްދިނުމަށް އެދުނީ މޭގަން އަމިއްލައަށެވެ.

މޭގަންގެ ބައްޕަ އަށް ޝާހީ ކައިވެނި ހަފްލާގައި ބައިވެރި ނުވެވުނަސް އޭނާގެ މަންމަ އެ ހަފްލާގައި ބައިވެރިވާނެ އެވެ.

ޕްރިންސް ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައިވަނީ 2016 ވަނަ އަހަރު އެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރު މަހު އެންގޭޖް ވުމަށް ފަހު ކައިވެނި އިއުލާނު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް