ރޯދަ އެކި ކަންކޮޅުތަކުން:އަލްއަޤްޞާ މިސްކިތުގައި ރަމަޟާން މަހަށް މަރުހަބާ ކީ 60 ހާސް މުސްލިމުންނާއެކު

ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ފަލަސްތީނުގައި މުސްލިމުން އަންނަނީ އިސްލާމް ދީނާއި ދީނުގެ މުޤައްދަސް ބިމެއް ކަމުގައިވާ ގުދުސްގެ ބިމުގެ ދިފާއުގައި ޖިހާދު ކުރަމުންނެވެ. އިޒްރޭލު ޔަހޫދ...

19 May 2018 | 00:43

ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ފަލަސްތީނުގައި މުސްލިމުން އަންނަނީ އިސްލާމް ދީނާއި ދީނުގެ މުޤައްދަސް ބިމެއް ކަމުގައިވާ ގުދުސްގެ ބިމުގެ ދިފާއުގައި ޖިހާދު ކުރަމުންނެވެ.

އިޒްރޭލު ޔަހޫދީ ސިފައިންނާއި ކުރިމަތިލުންތަކުގައި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 100 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާއިރު އެތައް ހާސް މުސްލިމުންނެއް ޒަހަމްވެފައި ވެ އެވެ.

ލޭ އޮހޮރުވުންތަކުގެ ތެރޭގައި ފަލަސްތީނުގެ މުސްލިމުން މި ރަމަޟާން މަހާ ކުރިމަތި ލި އިރު މަސްޖިދުލްއަގްސާގައި މި ރަމަޟާން މަހުގެ ފުރަތަމަ ހުކުރުގައި 60 ހާސް މުސްލިމުން ހުކުރު ނަމާދު ކޮށްފައި ވެ އެވެ.

ރަމަޟާން މަހުގެ ފުރަތަމަ ހުކުރުގައި 60 ހާހަށްވުރެ ގިނަ މުސްލިމުން ޖަމާއަތުގައި ހުކުރު ކޮށްފައިވާއިރު ހުކުރު ނަމާދަށް އަލްއަޤްޞާ މިސްކިތަށް މުސްލިމުން ވައްދާފައިވަނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓްތަކުން ޗެކް ކުރުމަށްފަހުގައި އެވެ. ފަލަސްތީނަށް މުލަ ރޯދަ ދުވަހަކީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް