ދުވަހުގެ ރެސްޓޯރެންޓް: އެއާޕޯޓް ބީޗް ހޮޓެލް – ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ރޯދަވީއްލުން ލިބުމުގެ ފުރުސަތު

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގެ ދެވަނަ ރެސްޓޯރެންޓެއްގެ ގޮތުގައި މި ގެނެސްދެނީ ހުޅުމާލޭގައި ހުންނަ އެއާޕޯޓް ބީޗް ހޮޓެލް އެވެ. ހިތްގައިމު ގޮނޑުދޮށެއްގައި އިރު އޮއްސޭ މަންޒަރު ބަލައިލަމުން ރޯދަ ވީއްލ...

19 May 2018 | 00:05

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގެ ދެވަނަ ރެސްޓޯރެންޓެއްގެ ގޮތުގައި މި ގެނެސްދެނީ ހުޅުމާލޭގައި ހުންނަ އެއާޕޯޓް ބީޗް ހޮޓެލް އެވެ. ހިތްގައިމު ގޮނޑުދޮށެއްގައި އިރު އޮއްސޭ މަންޒަރު ބަލައިލަމުން ރޯދަ ވީއްލާލަން މިއީ ހަމަ އެންމެ ރަނގަޅު އެއް ލޮކޭޝަނެވެ.

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގެ ގައިޑްލައިނާއި އެއްގޮތަށް މި ޕޯސްޓް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ރޯދަވީއްލުމެއް ލިބޭގޮތަށް ހަމަޖެހިފައިވާއިރު ހުޅުމާލެ ބީޗް ހޮޓެލްއަކީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓުއަރިސްޓް ހޮޓާތަކުގެ ތެރެއިން އެންމެ ހިދުމަތް ރަނގަޅު އެއް ހޮޓެލް އެވެ.

ހުޅުމާލޭ ކާނިމަގުގައި ހުންނަ މި ހޮޓެލް އިން މި އަހަރު ވަނީ ރޯދަ ވީއްލުމަށް ހާއްސަ މެނޫއެއް ހަމަޖައްސާފަ އެވެ. މެނޫގެ އަގަކީ ބޮލަކަށް ހަމަ އެންމެ 262 ރުފިޔާ އެވެ. ރިޒަވޭޝަން ހެއްދެވުމަށް ގުޅުއްވާނީ 7950494 ނުވަތަ 3354949 އަށެވެ.

މި ހޮޓެލްގެ ރޯދަ މެނޫއަށް ބަލައިލާއިރު ރޯދަ ވީއްލަން ފެށުމަށް ކަރާ ފަންޏާއި ކުރުނބާ ފަންޏާއިއެކު ކަދުރު ހިމަނާފައި ވެ އެވެ.

ހެދިކާގެ އިތުރުން ފަތް މަސްހުންޏާއި އާންމު މަސްހުނި ހިމަނާފައިވާއިރު މެއިން ޑިޝެސްގެ ގޮތުގައި ސްޓީމް ރައިސް ނުވަތަ ފްރައިޑް ނޫޑްލްސް ހިޔާރު ކުރުމުގެ ފުރުސަތާއި ރޮށި ނުވަތަ ފަރާޓާ ހިޔާރު ކުރުމުގެ ފުރުސަތާއި ތަންދޫރީ ޗިކަން އަދި ޗިލީ ބީފް ހިމަނާފައި ވެ އެވެ.

ނިންމާލުމަށް ތާޒާ މޭވާ އާއި އައިސްކްރީމްގެ އިތުރުން ކެރަމަލް ޕުޑިންނާއި ބްރޯނީ، މެނޫގައި ހިމަނާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް