މަގުމަތީގައި ވެއްޓިފައި އޮތް ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި

މާލޭގައި މަގުމަތީގައި ވެއްޓިފައި އޮއްވާ މިރޭ ސެނަހިޔާ ހޮސްޕިޓަލަށް ގެންދިޔަ މީހާ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފި...

19 Apr 2020 | 18:00

މާލޭގައި މަގުމަތީގައި ވެއްޓިފައި އޮއްވާ މިރޭ ސެނަހިޔާ ހޮސްޕިޓަލަށް ގެންދިޔަ މީހާ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މަގުމަތީގައި ވެއްޓިފައި އޮތް މީހާ، ސެނަހިޔާއަށް ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރު ކޮންފާމްކޮށްދީފައިވާކަމަށެވެ.އޭނާ ވެއްޓިފައި އޮތީ މ. އޯޑިއޯން ކައިރި މަގުމައްޗަށެވެ. ފުލުހުން ކުރިން ބުނެފައިވަނީ  ބަންގްލަދޭޝްގެ 50 އަހަރުގެ އެ ފިރިހެން މީހާ ވެއްޓިފައި އޮތީ އަސަރީ ގޯޅި އާއި މަޖީދީ މަގު ކަންމައްޗަށް ކަމަށެވެ. އޭނާ ވެއްޓިފައި އޮއްވައި ފެނުނީ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށެވ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް