ކަނޑުމަތީގައި ހާލުގައި ޖެހުނު ބަޔަކު ސަލާމަތް ކޮށްފި، ލޯންޗު ސަލާމަތެއް ނުވި

މިރޭގެ 10:30 ހާއިރު ކަނޑުމަތީގައި ހާލުގައި ޖެހުނު ބަޔަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީ އެ ލޯންޗުން ދަތުރުކުރި މީހުން ސަލާމަތް ކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އދ. އަރިއަދޫން ދ. މީދުއަށް ތި...

18 Apr 2020 | 21:45

މިރޭގެ 10:30 ހާއިރު ކަނޑުމަތީގައި ހާލުގައި ޖެހުނު ބަޔަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީ އެ ލޯންޗުން ދަތުރުކުރި މީހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އދ. އަރިއަދޫން ދ. މީދުއަށް ތިން މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފ. ފީއަލީ ބޭރުން ހަތް މޭލު ދުރުގައި އޮއްވާ ތެޔޮ ހުސްވެގެން ހާލުގައި ޖެހިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ.

"މި ލޯންޗްގައި ތިބ މީހުންނަށް އެހީތެރިވުމަށް ފ. އަތޮޅު ޕޮލިސް ލޯންޗް ދަތުރުކޮށް އެ ތިން މީހުން ސަލާމަތްކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ އޭރު އެ ލޯންޗު ތެރެއަށް ފަހަތުން ލޮނުގަނޑު ވަދެ އަޑިއަށްދާތީ އެ ލޯންޗް ސަލާމަތް ކުރުމަށް ފ. ނިލަންދޫގައި އޮތް އެމްއެންޑީއެފް ސީ އެމްބިއުލާންސްގެ ޕަމްޕް ހިފައިގެން ދަތުރުކޮށް ލޯންޗާ ހަމައަށް ގޮސް މަސައްކަތް ކުރަނިކޮށް އެ ލޯންޗް ވަނީ އަޑިއަށް ގޮސްފައި ކަމަށެވެ. އެހެންކަމުން ތިން މީހުން (ދެ ފިރިހެނަކާއި އަންހެނެއް) ވަނީ ޕޮލިސް ލޯންޗްގައި ފ. ނިލަންދުއަށް ގެންގޮސްދީފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް