ބޮލީވުޑް ބަތޮލާ އައިޝްވާރިޔާ ރާއި ބައްޗަން އާއި އޭނާގެ ފިރިކަލުން އަދި ބޮލީވުޑް ބަތޮލު އަބީޝޭކް ބައްޗަން، މި ދެމަފިރިންގެ ދަރި އަރަދްޔާ ބައްޗަންއާއެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ދެތަރިން މި ހަފްތާ އެކުގައި ހޭދަކުރާނީ ރާއްޖޭގައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައި ކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެ އައީ އެ ދެމަފިރިންގެ އެނިވާސަރީއާއި ދިމާކޮށް ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖެ އައުމަށްފަހު އައިޝްވާރިޔާ ވަނީ ޗުއްޓީގެ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ.
މި ދެތަރިން އަދި މި ދެތަރިންގެ އަންހެން ދަރިފުޅު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު މި ދެތަރިންވެސް އެކުގައި އަންނަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އަނޫރާގް ކަޝްޔަޕްގެ ގުލާބު ޖާމުން އެވެ. މި ފިލްމު ރިލީޒް ކުރަނެ ކަމަށް ބެލެވެނީ މި އަހަރު ފަހުކޮޅުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް