ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ ބޮޑުތަން ކުރިއަށް ޖެހިލައިފި

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑު (ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް)ގައި ރާއްޖެ ބޮޑުތަނުން ކުރިއަށް ޖެހިލައިފިއެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާ ކުރަމުން އަންނަ މި ރޭންކިންގ...

19 Apr 2019 | 02:34

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑު (ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް)ގައި ރާއްޖެ ބޮޑުތަނުން ކުރިއަށް ޖެހިލައިފިއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާ ކުރަމުން އަންނަ މި ރޭންކިންގައި ރާއްޖެ ވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 22 ނަމްބަރު ކުރިއަށް ޖެހިލާފައެވެ.

އެ އިންޑެކްސްގެ ރާއްޖެއަށް ހާއްސަ ސަފްހާގައި ބުނެފައިވާގޮތުގައި 2013ގައި ރާއްޖެ އޮތީ 103 ވަނައިގައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރޭންކިންގައި ރާއްޖެ 120 ވަނައަށް ވެއްޓުނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އަބުރުގެ ގާނޫނު އުވާލެއްވިކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަބުރާއި ބެހިގެން ޔޫރޯއިން ބަލާނަމަ ދެ ލައްކައަށްވުރެ ގިނަ ޔޫރޯއިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުން ނޫސްވެރިންނަށް ހުރަސް އަޅައި އަނިޔާވެރިވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުންވެސް ފާހަގަކޮށްފައިވެއެވެ.

[contentcards url="https://rsf.org/en/maldives"]

ނޫސްވެރިކަމުގެ މިނިވަންކަމުގެ ރޭންކިންގައި މި ލިބުނު ކުރިއެރުމާއެކު ރާއްޖެ މިހާރު އޮތީ 98 ވަނައިގައެވެ. މިއީ އޭސިއާގެ ގައުމުތަކަށް ބަލާއިރު ދެވަނައެވެ. އޭސިއާގެ ގައުމުތަކަށް ބަލާއިރު އެއްވަނައިގާ އޮތީ ބޫޓާނެވެ. ބޫޓާންގެ ރޭންކިން އަކީ 80 އެވެ. އަދި ނޭޕާލް 106 ވަނައިގާ އޮތް އިރު އިންޑިއާ އޮތީ 140 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް